މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އަންނަ ހަފުތާގެ ނިޔަލަށް ދީ ހަލާސްކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން މިއަދު ބުނީ މިމަހުގެ ކުރީކޮޅުން ފެށިގެން މަސްދޯނިތަކަށް ޕެންޑިން ބިލުތަކާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ މިފްކޯއިން ވަނީ މަޝްވަރާކޮށްފައި ކަމަށެވެ. މިފްކޯއިން ބުނީ އެ މަޝްވަރާތަކުގެ އަލީގައި އެ ފައިސާ ދިނުމަށް މިވަގުތު ހައްލެއް ހޯދިފައިވާ ކަމަށެވެ.
"މިފްކޯއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ މި ފައިސާ އަންނަ ހަފުތާގެ ނިޔަލަށް އެއްކޮށް ދައްކައި ހަލާސްކުރުން،" މިފްކޯއިން ބުންޏެވެ.
ސަރުކާރުން ދަނީ މިފްކޯއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު