އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް، "އެލްމޯބައިލް" އިން ވިއްކާ އައިފޯން 16 އަށް ޕްރީ އޯޑާ ކުރެވެން މިހާރު ހުންނާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފިއެވެ.
އުރީދޫން މިއަދު ބުނީ މޫލީ މެދުވެރިކޮށް އެލްމޯބައިލުން ވިއްކާ އައިފޯންގެ އައިފޯން 16، އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސްއަށް ޕްރީ އޯޑާ ކުރެވޭނެ ކަމަށެވެ.
- އައިފޯން 16: 18،999 ރުފިޔާ
- އައިފޯން 16 ޕްރޯ: 24،699 ރުފިޔާ
- އައިފޯން 16 ޕްރޯ މެކްސް: 29،499 ރުފިޔާ
އެޕަލް ކުންފުނިން އައިފޯން 16 ލޯންޗު ކޮށްފައިވަނީ މިމަހުގެ ނުވައެއްގައެވެ.
އައިފޯން 16 ނެރެފައިވަނީ ދެ ސައިޒެއްގައެވެ. އެއީ 6.1 އިންޗީގެ އައިފޯން 16 އަދި 6.7 އިންޗީގެ އައިފޯން 16 ޕްލަސްއެވެ. މިފަހަރުގެ ފޯނުގައި ހާއްސަކޮށްލެވޭ ފީޗާސްތަކުގެ ތެރޭގައި ކަސްޓަމައިޒްކުރެވޭ އެކްޝަން ބަޓަންތަކާއި ކެމެރާ ކޮންޓްރޯލު ފީޗާ ހިމެނެއެވެ.
މީގެ އިތުރުން އައިފޯން 16 އަދި އައިފޯން 16 ޕްލަސްގައި މުޅިން އާ އޭ18 ޗިޕެއް ހިމަނާފައިވާ އިރު، އޭ18 ޕްރޯ ޗިޕްގެ އެހީގައި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ ސީޕީޔޫ ޕާފޯމަންސް، ބޮޑު ޑިސްޕްލޭ ސައިޒް، ކެމެރާ ކޮންޓްރޯލް، އިނޮވޭޓިވް ޕްރޯ ކެމެރާ ފީޗާސް، އަދި ބެޓެރީލައިފަށް ބޮޑު ކުރިއެރުމެއް ގެނެސްފައިވެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި