މާލޭގެ މަގުތަކުގައި ހުރި ބާ ވެހިކަލްތައް މާލޭ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ނަގަން ފަށައިފިއެވެ.
މާލޭގެ މަގުތައް ތަރުތީބުކޮށް، ރީތިކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ސިޓީ ކައުންސިލުން އެ މަސައްކަތް ފެށީ މިއަދު ހެނދުނެވެ. އެ ހަރަކާތް މިއަދުގެ ހަވީރު 4:30އާ ހަމައަށް ކުރިއަށް ގެންދާނެއެވެ.
ސިޓީ ކައުންސިލުގެ އޮފިޝަލެއް "ވަން" އަށް ވިދާޅުވީ އެ ހަރަކާތުގެ ތެރެއިން ކަވަރު ނެއްޓި، ބާވެ ހަލާކުވެފައި ހުންނަ ވެހިކަލްތަކާއި ގިނަ ދުވަހު ބޭނުން ނުކޮށް މަގުތަކަށް ދޫކޮށްލާފައި ހުރި ވެހިކަލްތަކުގެ އިތުރުން ދަބަރު ޖަހާފައި ހުންނަ ވެހިކަލްތައްވެސް ޓޯކުރާނެ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯކޮށް، ނައްތާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިޓީ ކައުންސިލް އަދި ފުލުހުންނާއި ވެމްކޯ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުވެސް ޕްރޮގްރާމެއް ހިންގި އެވެ. އެ ޕްރޮގްރާމުގެ ތެރެއިން އެ ފަހަރު 300 އެއްހާ ވެހިކަލް ނައްތައިލިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު