އިންޑިއާއިން ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދޭކަމަށް ރިޕޯޓުކުރުމުން އެކަން ދޮގުކޮށްފިއެވެ.
ރޮއިޓާސް ގައި ޝާއިއުކޮށްފައިވާ އެރިޕޯޓުގައި ވާގޮތުން އިންޑިއާއިން އުފައްދާ ހަތިޔާރު ޔޫރަޕްގެ ގައުމުތައް މެދުވެރިކޮށް ޔޫކްރޭނަށް ފޯރުކޮށްދޭކަމަށް ބުނެފައެވެ.
އެ ރިޕޯޓާ ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުގައި، އެއީ ހަގީގަތް އޮޅުވާލާފައިވާ ރިޕޯޓެކެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވަލް އާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، އެ ރިޕޯޓުގައި ހުރި ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. އަދި އިންޑިއާއިން އަބަދުވެސް އޮންނަނީ ބައިނަލްއަގުވާމީ ގަވާއިދުތަކާއި ގާނޫނުތަކަށް އިސްކަންދޭ ގައުމުތަކުގެ ތެރޭގައި ކަމަށް ތަރުޖަމާނު ވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއާއިން އުފައްދާ ހަތިޔާރު އެކްސްޕޯޓު ކުރުމުގެ ގަވާއިދު ބުނާގޮތުން އެ ހަތިޔާރު ގަންނަ ފަރާތުން އެހެން ފަރާތްތަކަށް ދިނުން މަނާކުރެއެވެ. އަދި އެކަން ކުރާކަމަށް ފާހަގަވެއްޖެ ނަމަ އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ގަވާއިދުގައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ