މާލޭގެ، މާފަންނުގެ ގެއެއްގެ ތެރެއިން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުހުލުން ދެންމެ ބުނީ މާފަންނު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ. މަރުވެފައި އޮއްވައި ފެނިފައިވަނީ 57 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެނގިފައިވާ ގޮތުގައި މީހަކު މަރުވެފައި އޮއްވައި ފެނިފައިވަނީ މާފަންނު އީވް ކްލިނިކް ކައިރީ ހުރި ގެއަކުންނެވެ.