ޖަޕާނުގައި 100 އަހަރުން މަތީ އުމުރުފުރާގެ މީހުންގެ އަދަދު 95،000 އިން މައްޗަށް އަރައިފިއެވެ.
ޖަޕާން ސަރުކާރުން އާންމު ކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުން އެ ގައުމުގެ އާބާދީގެ 100 އަހަރުން މަތީ މީހުންގެ އާބާދީ 95،000 އަށްވުރެން މައްޗަށް އަރާފައިވާއިރު އޭގެތެރޭގައި ގިނައީ އަންހެނުން ކަމަށް ފާހަގަކޮށްފައިވެއެވެ.
މިމަހުގެ އެއްވަނަ ދުވަހާ ހަމައަށް އާބާދީގައި 100 އަހަރުން މަތީ މީހުންގެ އަދަދު ހުރީ ޖުމްލަ 95،119ގައެވެ. އޭގެތެރެއިން އަންހެނުންގެ އަދަދު 83،958 އަށް އަރާއިރު ފިރިހެނުންގެ އަދަދު ހުރީ 11،161 ގައެވެ.
ޖަޕާނު ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކުގައި 65 އަހަރުން މަތީ އުމުރުފުރާގެ މީހުންގެ އަދަދު އެ ގައުމުގައި ހުރީ 36.25 މިލިއަނުން މަތީގައެވެ. އެއީ އެ ގައުމުގެ ޖުމްލަ އާބާދީގެ 29.3 އިންސައްތަ އެވެ.
އުމުރުން ދުވަސް ވީ މީހުންގެ އާބާދީ ބޮޑުވުމުގެ ސަބަބުން ޖަޕާން ވެފައި ވަނީ ވެލްފެއާ އަށް އެންމެ ބޮޑު ހޭދައެއް ކުރާން ޖެހޭ އެއް ގައުމަށެވެ.
އާބާދީ ކޮންޓްރޯލު ކުރުން އާންމުވުމުގެ ސަބަބުން، އުމުރުން ދުވަސްވީ މީހުން އާބާދީ ގިނަ ވުމުގެ ބިރު މުޅި ދުނިޔޭގައިވެސް ވަނީ ބޮޑުވެފައެވެ. ރާއްޖޭގައިވެސް މި މައްސަލަ ދަނީ ބޮޑުވަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ