ބޮކްސާ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ، މީހަކު އުމުރު ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ޖަލަށް ލާން ހުކުމްކޮށްފައިވަނީ މ. ސެންޓްހެލީނާ/ އަހުމަދު މިފްޒާލްއެވެ.
އޭނާ ހައްޔަރު ކުރީ އައްޑޫ ސިޓީ ފޭދޫ އިން ފުވައްމުލަކަށް ފުރާ ފެރީން މަސްތުވާތަކެތި ގެންދަން އުޅޭ ކަމަށް އާންމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމަތަކާ ގުޅިގެން 27 ޖޫން 2019 ގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މިފްޒާލް ލައިގެން ހުރި ބޮކްސާގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފެނުނީ ޑައަމޯފިންއެވެ. އެ ތަކެތީގެ ބަރުދަނުގައި 100.8972 ގްރާމް ހުއްޓެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށަށް މިފްޒާލް އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބެލުމަށްފަހު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންވެ އޭނާ 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު