މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރަކަށް ހެދިގެން ބިދޭސީން އުޅޭ ތަނަކަށް ވަދެ، ބިދޭސީއެއްގެ އަތުން ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ބުނީ ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުންތަކެއް ބުނެ ތިން މީހަކު ވަދެ ބަންގްލަދޭޝް މީހެއްގެ އަތުން މޯބައިލް ފޯނަކާއި 9000 ރުފިޔާ ފޭރުނު މައްސަލައެއް އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ގ. ބެރުގެ/ މުހައްމަދު ނަވީން (44އ.) ހައްޔަރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އައިޑީ ފެންނަ ގޮތަށް ހުންނާނެ ކަމަށެވެ. އަދި މިހާރުގެ އޮޕަރޭޝަންތަކަކީ ޔުނީފޯމު ލައިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު