ދެ ދަރިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ކުދިންގެ ބައްޕަ 30 ދުވަހަށް ބަންދުކޮށްފިއެވެ.
ފުލުހުންނަށް އިއްޔެ ހުށަހެޅި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ މީހެކެވެ. އޭނާއަށް ތުހުމަތު ކުރަނީ ދެ ދަރިންނަށާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތެވެ.
ފުލުހުން މިއަދު ބުނީ، އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ތ. އަތޮޅުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްވެސް ވަނީ މިފަހުން ފެންމަތިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު