ރާއްޖޭގެ ވެރިކަން ކުރާ ރަށަކީ "ކ.މާލެ" ކަމަށް ކިޔުމާއި ލިޔުމުގެ ބޭނުން ކުރުމުގެ ބަދަލުގައި ހަމައެކަނި "މާލެ" ކިޔުމާއި ލިޔުމަށް ބޭނުން ކުރުމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އެދިވަޑައިގެންފިއެވެ.
އާދަމް ޝަރީފް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގައިވާ ގޮތުން ރާއްޖޭގެ ވެރިކަންކުރާ ރަށަކީ މާލެ ކަމަށާއި ގާނޫނުއަސާސީގައި ވެރިކަންކުރާ ރަށަކީ "ކ. މާލެ" ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ. އެހެންވެ ސަރުކާރުގެ ގިނަ ރަސްމީ ލިޔެކިޔުންތަކުގައި ވެސް "ކ.މާލެ" ލިޔެފައި ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ ކ. މާލެ ލިޔުމަކީ އަދި ކިޔުމަކީވެސް ގާނޫނުއަސާސީގައި އޮންނަ ގޮތުން ހިލާފަށް ކުރާ ކަމެކެވެ. މިހާރަކަށް އައިސް ކ. މާލެ ލިޔުމާއި ކިޔުން އަންނަނީ އިތުރުވަމުންނެވެ. މީ ކުޑަކަމެއް ނޫނެވެ. ރަނގަޅު ކުރަންޖެހޭ ކަމެކެވެ" އާދަމް ޝަރީފު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު