މާފަންނު ބަސް ޓާމިނަލް ކައިރީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިރޭ 6:29 ހާއިރު އެ އެކްސިޑެންޓް ހިނގީ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓުގައި ދިވެހި ފިރިހެނަކަށާއި ދެ ބިދޭސީ ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މީހާއަށް އެމަޖެންސީ ރޫމުގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު