ރާއްޖެއަށް މި އަހަރު ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ވަނީ 202،613 ފަތުރުވެރިން އައިސްފައެވެ. އެއީ މި އަހަރުގެ މިހާތަނަށް ރާއްޖެ އައި 1.3 މިލިއަން ފަތުރުވެރިންގެ 15 ޕަސަންޓެވެ.
- ރަޝިއާ: 149،920
- އިނގިރޭސިވިލާތް: 119،189
- އިޓަލީވިލާތް: 102،412
- ޖަރުމަނުވިލާތް: 97،804
- އިންޑިއާ: 83،045
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ތިން މަހުވެސް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ ދެ އަހަރު ދުވަހުގެ އެ މުއްދަތާ އަޅައި ބަލާއިރު އިތުރުވެފައެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު