ޔޫކްރޭންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ އެ ގައުމުގެ އެއާފޯހުގެ ކޮމާންޑަރު، ލެފްޓިނެންޓް ޖެނެރަލް މައިކޯލާ އޮލެޝްޗުކް މަގާމުން ދުރުކުރައްވައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެއާފޯހުގެ ކޮމާންޑަރު މަގާމުން ދުރުކޮށްފައިވަނީ ޔޫކްރޭނުގެ އެފް-16 މަރުކާގެ ޖެޓެއް ރަޝިޔާއިން ވައްޓާލި ހާދިސާއާ ގުޅިގެން ކަމަށާއި އެ ހާދިސާފައި ޖެޓުގެ ޕައިލެޓުވެސް މަރުވެފައިވާކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ޔޫކްރޭނުން މިހާރު ބޭނުންކުރާ އެފް-16 މަރުކާގެ ޖެޓުތަކަކީ މިމަހު ކުރީކޮޅު އެމެރިކާއިން އެ ގައުމަށް ފޮނުވާފައި ހުރި ޖެޓުތަކެކެވެ.
ރަޝިޔާއާއި ޔޫކްރޭނުގެ ހަމަލާ ބަދަލުކުރުންތަކުގައި ޔޫކްރޭނުގެ ޖެޓު ވެއްޓިފައިވީނަމަވެސް ކޮމާންޑަރު ވަކިކުރުން ގުޅިފައިވަނީ އެގައުމުގެ އެތެރޭގެ ސިޔާސީ މައްސަލަތަކާ ކަމަށް ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމަ ފަށައި ދެގައުމު ދެމެދު ހަމަލާތައް ބަދަލުކުރަމުންދާއިރު އެ ހަމަލާތަކުގައި އާންމުންގެ ގިނަ ބަޔަކު ވަނީ މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ