ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ.

މިއީ ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ކުރައްވާ ތިންވަނަ ނުރަސްމީ ދަތުރުފުޅެވެ. ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން އެންމެ ފުރަތަމަ ސިންގަޕޫރަށް ވަޑައިގެންނެވީ މި އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ. އެ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ އެ މަހުގެ 24 ގައެވެ.

އެ ފަހުން ރައީސްގެ ދެކަނބަލުން ވަނީ މެއި މަހުގެ އެއްވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގެންނެވީ އެ މަހުގެ ފަސްވަނަ ދުވަހުއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން 30 އޮކްޓޯބަރު 2023 ގައި އާއިލީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ 4 ނޮވެމްބަރު 2023ގައެވެ.