ބްރެޒިލްގެ ވެރިރަށް ސައުޕޯލޯގެ ވައި ނުސާފުވެ އެލާޓް ނެރެފިއެވެ.
ބްރެޒިލްގެ ވެރިރަށުގެ ވައި ނުސާފުވެފައި ވާކަމަށް ބުނެފައިވަނީ އެ ގައުމުގެ ތިމާވެއްޓާ ބެހޭ އިދާރާއިން ނެރުނު އެލާޓެއްގައެވެ.
ބްރެޒިލްގެ ވެރިރަށް ސައުޕޯލޯ އާއި އެގައުމުގެ ގޯއިއަސް ސަރަހައްދުގެ ހޫނުމިން މަތިވެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން ދުން ބޯވެ މީހުން ދިރިއުޅޭ ސަރަހައްދަށްވެސް ފެތުރިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ބްރެޒިލްގެ ވައިގެ ކޮލިޓީ ދިރާސާކުރާ އޮފިޝަލުން ވަނީ އެ ގައުމުގެ ވެރިރަށުގެ ވައިގެ ކޮލެޓީ ނުރައްކާ ދަރަޖައެއްގައި ހުރިކަމަށާއި އަދިވެސް އިތުރަށް ގޯސްވެގެން ދާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
އޮފިޝަލުން ވަނީ ސައުޕޯލޯގައި ދިރިއުޅޭ އާންމުން ގޭތެރޭގައި ތިބުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ