އާސެނަލާއި ޔުވެންޓަސްއަށްވެސް ކުޅެނު ޕޮލެންޑްގެ ގޯލްކީޕަރު ވޯޝެކް ޝެޒްނީ، އުމުރުން 34 އަހަރުގައި ފުޓުބޯޅަ ހުއްޓާލައިފިއެވެ.
ޗެޒްނީ ސީނިއާ ފުޓުބޯޅަ ކެރިއަރު ފެށީ އުމުރުން 16 އަހަރު އާސެނަލުންނެވެ. 2006 ވަނަ އަހަރު ޝެޒްނީ އާސެނަލަށް ގޮސް، އެ ކްލަބަށް 181 މެޗު ކުޅެފައިވެއެވެ. އޭގެފަހުން 2017 ވަނަ އަހަރު ޝެޒްނީ ޔުވެންޓަސްއަށް ބަދަލުވެ، އެކްލަބަށް ވަނީ 252 މެޗު ކުޅެފައެވެ. ޔުވެންޓަސްއާއެކު ޝެޒްނީ ވަނީ ބޮޑު އަށް ތަށި ހޯދައިފައެވެ. ޔުވެންޓަސްއިން ވަނީ މިދިޔަ ސީޒަނަށްފަހު ޝެޒްނީ ދޫކޮށްލައިފައެވެ.
ވާސޯއަށް އުފަން ޝެޒްނީ ވަނީ ޕޮލެންޑް ގައުމީ ޓީމަށް 84 މެޗު ކުޅެފައެވެ. ގައުމީ ޓީމާއެކު ޝެޒްނީ ވަނީ ޔޫރޯގެ ހަތަރު މުބާރާތް، ދެ ވޯލްޑް ކަޕްވެސް ކުޅެފައެވެ.
ޝެޒްނީ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ފުޓުބޯޅައިން އޭނާގެ ހުވަފެންތައް ހަގީގަތަކަށްވި ކަމަށާއި، ފުޓުބޯޅަ ކުޅުމަށް އޭނާއަށް ފުރުސަތު ލިބުނީ ދުނިޔޭގެ ތާރީހުވެސް ދުށް އެންމެ މޮޅެތި ކުޅުންތެރިންނާއެކުގައި ކަމަށެވެ. އަދި އެ ފުރުސަތުގައި އެއްވެސް ހިސާބަކުން ބާކީވުމުގެ އިހުސާސް ކުރެވިފައިނުވާ ކަމަށްވެސް ޝެޒްނީ ބުންޏެވެ.
ފުޓުބޯޅައިގެ ތެރެއިން އުމުރަށް އެކުވެރިން ލިބިފައިވާ ކަމަށާއި، ފުޓުބޯޅައިން މުޅި ހަޔާތް ބަދަލުވެފައިވާ ކަމަށްވެސް ޝެޒްނީ ބުންޏެވެ. ޝެޒްނީ ބުނީ މިހާރު އޭނާއަށް ފުޓުބޯޅައިން ލިބޭ އުފާވެރިކަން ކުޑަވާން ފަށާފައިވާ ކަމަށާއި، މިހާރު ހިތް އޮތީ ކުޅުންތެރިއެއްގެ ގޮތުގައި ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
ޝެޒްނީގެ ކްލަބު ކެރިއަރުގައި ވަނީ ބްރެންޓްފޯޑަށް ލޯނެއްގައިވެސް 2009 ވަނަ އަހަރު ކުޅެފައެވެ. އަދި އޭގެ އިތުރުން އޭނާ ވަނީ ރޮމާއަށްވެސް ލޯނެއްގައި ކުޅެފައެވެ.
ޕޮލެންޑް
ޕޮލެންޑް
ޕޮލެންޑް
ޕޮލެންޑް