އުރީދޫގެ ހުރިހާ ކަސްޓަމަރުން 5ޖީގެ ސްޕީޑުގެ ތަޖުރިބާ ޝޯޝަލް މީޑިއާގައި ޝެއާކޮށްގެން އޮކިއުލުސް ކުއެސްޓް 3 ވީއާރު ހެޑްސެޓެއް ހޯދުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފިއެވެ.

އުރީދޫން މީޑިއާތަކަށް ބުނީ ރާއްޖޭގެ 60 އިންސައްތައަށް 5ޖީ ލިބޭ ގޮތަށް މިހާރު އުރީދޫގެ ހިދުމަތް ފުޅާކޮށްފައިވާ އިރު، އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވީއާރު ހެޑްސެޓް ހޯދުމުގެ މުބާރާތުގައި ނަސީބުވެރިޔާ ހޮވާނީ ރެންޑަމް ޑްރޯއަކުން ކަމަށެވެ.

އޮކިއުލަސް ކުއެސްޓް 3 ކާމިޔާބުކުރުމަށް ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ 23:59 އެވެ.

  • ސްޕީޑް ޓެސްޓެއް ކުރުން: އުރީދޫ 5ޖީ ލިބޭ ސަރަހައްދަކުން ސްޕީޑް ޓެސްޓެއް ހެދުން.
  • ސްކްރީންޝޮޓް: ސްޕީޑް ޓެސްޓުގެ ނަތީޖާގެ ސްކްރީންޝޮޓެއް ނަގާށެވެ.
  • ސޯޝަލް މީޑިއާގައި ޝެއާ ކުރުން: ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެކްސްއަށް ޕޯސްޓުކޮށްލާ، ޕޯސްޓު ކުރާއިރު ހޭޝްޓެގް #5Gjassaalaa ބޭނުންކޮށް @ooredoomaldives ޓެގް ކޮށްލާށެވެ.

އުރީދޫން އަބަދުވެސް މަސައްކަތްކުރަމުންދަނީ ޓެކްނޮލޮޖީއާއި އެންމެ ފަހުގެ ވަސީލަތްތަކާއެކު ރާއްޖޭގެ ރައްޔިތުން ގުޅާލުމަށެވެ.

އުރީދޫގެ 5ޖީ ނެޓްވޯކުން ރާއްޖޭގެ 60 އިންސައްތަ މިހާރު ކަވަރުކުރެވިފައި އޮތުމުން، ހަލުވި ސްޕީޑުގެ އިންޓަނެޓް، ކުރިއަށްވުރެ ބޮޑަށް އުރީދޫން ފޯރުކޮށްދެމުންގެންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.