މެލޭޝިޔާގެ ''ސިންކްހޯލް'' އަކަށް ވެއްޓުނު އިންޑިއާ މީހާ އަދިވެސް ނުފެންނަ ކަމަށް ރެސްކިއު ޓީމުން ބުނެފިއެވެ.
މެލޭޝިޔާއަށް ޒިޔާރަތްކުރި އިންޑިއާގެ އެ ފަތުރުވެރިޔާ ސިންކްހޯލަކަށް ވެއްޓިފައިވަނީ މަގުމަތިން ހިނގާފައި ދަނިކޮށް ކަމަށް އޮފިޝަލުން ބުނެއެވެ.
ހުކުރު ދުވަހު ހިނގި އެހާދިސާގައި ސިންކުހޯލަށް ވެއްޓުނު އުމުރުން 48 އަހަރުގެ އެމީހާ ވެއްޓުމާއެކު އެދިމާލު އަޑިން ދައުރުވަމުން ދިޔަ ފެން ކޯރަކަށް ދަމައިގަނެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް ބޮޑު އޮޕަރޭޝަނަށް ހަތަރު ދުވަސް ވެފައިވާއިރު އަދިވެސް އެމީހާގެ ހިލަމެއް ނުވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
''ސިންކްހޯލް'' އުފެދެނީ ބިންގަނޑު އަޑިން ކަނޑައިގެން ގޮސް އެ ސަރަހައްދުގެ ބިންގަނޑުގެ ބާރު ދަށްވެފައި ވަނިކޮށް އޭގެ މައްޗަށް އެރުމުން ގަބައިގަނެގެންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ