މާލީ ހާލަތާ ގުޅޭ ކަންކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު "އެކްސް" ގައި މިއަދު ކުރެއްވި ވަނީ މިވަގުތު ހުރިހާ ސިޔާސީ ލީޑަރުންގެ ޒިންމާ ބޮޑުކަން ފާހަގަކުރައްވައި މާލީ ހާލަތާ ގުޅޭ ކަންކަން ރައްޔިތުންނަށް ސާފުކޮށް ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.
"މާލީ ހާލަތު މި ހިސާބަށް ދިޔަ ގޮތާއި، ދެން ވެދާނެ ކަމަށް ލަފާ ކުރެވޭ ގޮތާއި އަދި އަރައިގަތުމަށް އަމަލުކުރަން ރާވާފައި އޮތް ގޮތްތައް ސާފު ބަހުން ރައްޔިތުންނަށް ކިޔައިދޭންޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ބޭންކް އޮފް މޯލްޑިވްސް، އަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް މިއަދު ކުޑަކޮށްފައިވަނިކޮށެވެ.
ބީއެމްއެލްގެ އެ ނިންމުމާ ގުޅިގެން އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު