ބަންގްލަދޭޝްއަށް ކުރަމުންދާ ވިއްސާރައިގައި ހާލުގައި ޖެހުނު 300،000 އެއްހާ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގާފައިވާ އެކި ހާދިސާތަކުގައި މިހާތަނަށް ބަންގްލަދޭޝް އާއި އިންޑިއާ ގުޅޭ ސަރަހައްދުން 42 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ދެގައުމު ގުޅޭ ބޯޑަރު ސަރަހައްދަށް ކުރަމުންދާ އެވިއްސާރައިގައި އެތައް ހާސް ގެދޮރެއް ނެތި ގޮސްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އިތުރުން ޝިޓަގޮން އަށްވެސް ވިއްސާރައިގައި ފެންބޮޑުވެ ބޮޑެތި ގެއްލުން ލިބެމުން އަންނަ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.
ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ވަނީ އެގައުމުގެ 4.5 މިލިއަން މީހުންނަށް ވިއްސާރައިގައި ގެއްލުން ވެފައިވާ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ