ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ހުންނެވި މުހުތާޒް މުހުސިން ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވައިފިއެވެ.
ރައީސް މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް މުހުތާޒު އައްޔަން ކުރެއްވީ މި އަހަރުގެ ޖެނުއަރީ މަހުއެވެ.
ކުރިން ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުވެސް އަދާކުރެއްވި މުހުތާޒު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކުރެއްވިކަން ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
ނަމަވެސް ބަދަލު ކުރެއްވީ ކޮންއިރަކު ކަމެއް ވިދާޅެއް ނުވެއެވެ. ބަދަލުކުރި ސަބަބެއްވެސް އަދި ނޭނގެއެވެ.
އެކްސްގައި މުހުތާޒު ބޭނުން ކުރައްވާ އެކައުންޓުގެ ބަޔޯ ގައި ވެސް މިހާރު ލިޔުއްވާފައި ވަނީ "ފޯމާ ކްރިމިނަލް ޖަސްޓިސް އެޑްވައިޒާ އެޓް ޕްރެސިޑެންސީއެމްވީ" ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު