އައިޖީއެމްއެޗް އެތެރޭގައި ހުންނަ މިސްކިތުގައި ތެރޭގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންުދުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނައުޝާދު މޫސާ، 30އ. އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފުލުހުން ވަނީ، އޭނާއަކީ މިދިޔަ ޖޫން މަހުގެ ތެރޭގައި މާލޭ ސުކޫލަކަށް ވަދެ ޖިންސީ ގުނަވަން ދެއްކި މީހެއް ކަމަށާއި ހައްޔަރު/ ބަންދު ރެކޯޑް އޮންނަ މީހެއް ކަމަށް ބުނެފައެވެ.

ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ތުހުމަތުވާ މީހާ ވަނީ ވަކީލަކު ބޭނުންނުވާ ކަމަށާއި އިތުރު ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް ބުނެފައެވެ. އެހެންވެ ގާޒީ އޭނާގެ ބަންދަށް 15 ދުވަސް ޖެހިއެވެ.