ބުޅާ މަސް އަޅައިގެން ކާތަކެތި ތައްޔާރުކޮށް ވިއްކާ ކަމަށް ތުހުމަތުވާ ބިދޭސީ މީހާ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
އެ މައްސަލައިގައި ތުހުމަތު ކުރަނީ 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަރަފާތް ހޮސެއިން އަށެވެ. އެ މައްސަލައިގައި ފުލުހުން ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ސިފަ ބަދަލުކުރުމަށް މާލޭގެ ސެލޫނެއްގައި ހުއްޓައެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މީހާ އިއްޔެ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އެ އިދާރާ އިން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ ވެލްފެއާ ފޮ އައިލެންޑް ކެޓްސް (ޑަބްލިޔުއައިސީ) އަދި ފެލައިން ވެލްފެއާ އޯގަނައިޒޭޝަނުން ތުހުމަތުކުރާ ގޮތުގައި އެ ބިދޭސީ މީހާއަކީ މަގުމަތީގައި އުޅޭ ބުޅާތައް ހިފައިގެން ގޮސް، އެ އެއްޗެހި ކައްކައިގެން ކައި އުޅޭ މީހެކެވެ.
އޭގެ އިތުރުން އޭނާއަކީ ބުޅާމަސް ވިއްކައި އަދި އޭގެ މަހުން ކާތަކެތި ތައްޔާރުކޮށް ވިއްކާ މީހެއް ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު