ހއ. ވަނގާރުގެ ހުޅަނގުން 39 ނޯޓިކަލް މޭލު ބޭރުން ސްރީލަންކާގެ މަސްބޯޓެއް އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ލަންކާގެ އެ މޯސްޓަކީ އެ ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވުމުގެ ސަބަބުން އޭގެ ފަޅުވެރިން ދޫކޮށްލައިފައިވާ މަސް ބޯޓެއް ކަމަށެވެ.
މިއީ ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރަކަށްވެފައި ވައި ޖެހެނީ ހުޅަނގާއި ހުޅަނގު އުތުރުން ކަމަށްވާތީ، މި ބޯޓް އޮޔާއެކު ރާއްޖެއަށް ކައިރިވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ވަނގާރުގެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށާއި ރޭގަނޑު އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު