ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން އިރުއޮއްސި 6:00 އަކަށެވެ.
މެޓުން ބުނީ، އެލާޓުގެ ވަގުތުގައި، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ،.
މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯހެކެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވާ ގޮތުގައި މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެއިން 37 ގެއަކާއި 13 ރަށަކުން 77 ގެއަކަށް ގެއްލުންވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު