މަސްތުވާތަކެތީގެ މައްސަލައެއްގައި ކ. ކާށިދޫ މިސްކިތެއްގެ މުދިމަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވަނީ އެކަން "ވަން" ކަށަވަރު ކޮށްދީފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށްވެސް ބުންޏެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކަމަށް ފުލުހުން ނުބުނެއެވެ.

މީގެ ކުރިން ވެސް ކާށިދޫގެ މުދިމަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވެއެވެ.