ހުޅުމާލޭގައި އަންހެނަކަށް ބިރު ދައްކައި، އޭނާ ގައިގައި ކަޓަރު އަޅައި ފޭރުނު މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ކަޓަރު އަޅައި، ބިރު ދެއްކުމަށްފަހު ފައިސާ ފޭރުނީ، ހުޅުމާލޭ ފޭސް 1 ގައި ހުރި ސްޕާއެއްގައި މަސައްކަތް ކުރާ ބިދޭސީ އަންހެނެއްގެ އަތުންނެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މީހާ ކަޓަރު އަޅާފައިވަނީ އެ އަންހެން މީހާގެ އަތްތިލަ އާއި ފަލަމަސްގަނޑުގައެވެ.
ފުލުހުން ރޭ ވަނީ، އެ މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފައެވެ.
ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ، ގދ. ތިނަދޫ، ސްކޫނާ، އަލީ ޝައްމާހު ވަހީދު (29އ) އެވެ.
ކްރިމިނަލް ކޯޓުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ޝައްމާހުއަކީ، އެކި ކުށްތަކުގެ ބަންދު ރެކޯޑް އޮތް މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު