ދުޅަހެޔޮ ސިއްހަތެއްގައި ޒުވާން ޖީލުގެ ދިރިއުޅުން ބައްޓަން ކުރާނެ ގޮތުގެ މައުލޫމާތު ހިމެނޭ ފޮތް "ހޯމޯންސް އެންޑް ޕްރިޒަވޭޓިން ޔޫތު" ފޮތް ރަސްމީކޮށް ރާއްޖޭގައި ނެރެފިއެވެ.

ހޯމޯންސް އެންޑް ޕްރިޒަވޭޓިން ޔޫތު އަކީ އެންޑޯކްރައިނޮލޮޖިސްޓުންގެ ޕްރޮފެސަރު މާރިޔާ ރުސަލެންކޯ އާއި ޑރ. މުހައްމަދު ވިޝާމް ލިޔުއްވާފައިވާ ފޮތެކެވެ.

މި ފޮތް އިފުތިތާހުކޮށްދެއްވީ އެކްސްޗޭންޖް، އިން ދަ އާޓް ގެލެރީގައި އިއްޔެ ބޭއްވި ހާއްސަ ހަފްލާއެއްގައި މިނިސްޓްރީ އޮފް ހެލްތްގެ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދު ސަމަދު އަބްދުﷲއެވެ.

މި ފޮތް އެންމެ ފުރަތަމަ ނެރުނީ 2023 ވަނަ އަހަރުގެ ފެބްރުއަރީގައި ރިޕަބްލިކް އޮފް ބެލަރޫސްގައެވެ. އަދި ފޮތުގެ ދެވަނަ އެޑިޝަން ނެރެ ޝާއިރުކުރާ ދެވަނަ ގައުމަކީ ރާއްޖެއެވެ.

"މިފޮތް ލިޔުމުގައި އަހަރެން މަސައްކަތް ކުރަމުން ދިޔައީ ރިޕަބްލިކް ސެންޓާ ފޯ ހިއުމަން ރޭޑިއޭޝަން އެންޑް ހިއުމަނިކޮލޮޖީ. އަދި އޭރު ޑރ. މާރިޔާ އަކީ އެޑިޕާޓްމަންޓްގެ އިސްވެރިޔާ. އެތަނުގައި މަސައްކަތް ކުރަމުންދިޔަ އިރު އެތަނަކީ ރިސާޗްކުރާ ވަރަށް ރަނގަޅު ޑިޕާޓްމަންޓެއްކަން ވަނީ ފާހަގަކުރެވިފައި. އަދި އެތަނުގައި ރިސާޗްތައް ހަދަމުންދިޔަ އިރު ވިސްނުނީ ރާއްޖޭގައި މީގެ މައުލޫމާތު ވަރަށް މަދުކަން. އެއީ ތައުލީމީ ގޮތުން ބެލި ނަމަވެސް އަދި ދިރާސާގެ އަލީގައިވެސް. އެހެންވީމަ ޑރ. މާރިޔާއާ އެކީ މަޝްވަރާ ކުރީ ރާއްޖޭގެ ރައްޔިތުންނަށް މީގެ މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތަކާމެދު،" ޑރ. ވިޝާމް ވިދާޅުވިއެވެ.

ދުޅަހެޔޮ ދިރިއުޅުމެއް ދެމެހެއްޓުމުގައި ދިރިއުޅުމުގެ ވައްޓަފާޅީގެ މުހިންމުކަމުގެ މައްޗަށް މިފޮތުގައި އަލިއަޅުވާލާފައިވެއެވެ. ހާއްސަކޮށް ރާއްޖޭގެ ދިރިއުޅުމުގެ އާދަކާދައިގެ ސަބަބުން ހޯމޯންސް އެންޑް ޕްރޮޓެކްޝަން ހޯމޯންއާ ގުޅުންހުރި މައްސަލަތަކާއި ސްޓްރެސް އަދި ޖިންސީ ދުޅަހެޔޮކަމާއި އަދި ގިނަ ދުވަހު ޒުވާންކަންމަތީ ދެމިހުރުމަށް ހަށިގަނޑު ބައްޓަންކުރާނެ ގޮތްތަކުގެ ސިއްހީ މައުލޫމާތުވެސް ހިމަނާފައިވެއެވެ.

"25 އަހަރު ދުވަހަށް ވުރެއިން ގިނަ ތަޖުރިބާގެ އަލީގައި އެއް ދުވަހަކު ހިތައް އެރީ އަހަރެމެން އިންސާނުގެ ހަށިގަނޑުގައިވާ މެޓަބޮލިޒަމް މަސައްކަތް ކުރާ ގޮތުގެ މައުލޫމާތު އާންމުންނާ ހަމަޔަށް ގެނައުން މުހިންމުކަން. މީގެ ފުރަތަމަ މަސައްކަތް ކުރީ އެއް އަހަރު ދުވަހުން" ފޮތާ ގުޅުންހުރި އިތުރު މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. މާރިޔާ ވިދާޅުވިއެވެ.

އެފޮތުގައި ހިމަނާފައިވަނީ ރާއްޖޭގެ މީހުންގެ ދިރިއުޅުން ބަދަލުކޮށްފި ނަމަ ސިއްހަތަށް ކުރާ ފައިދާގެ މައްޗަށެވެ. ހާއްސަކޮށް އެ ފޮތަކީ ރާއްޖެއިން ބޭރުގެ ގިނަ ދިރާސާތަކެއްގެ އަލީގައި ލިޔެފައިވާ ފޮތެއްކަން ފާހަގަ ކުރައްވައި ޑރ. ވިޝާމް ވިދާޅުވީ ދުރު ނޫން މުސްތަގުބަލެއްގައި ރާއްޖޭގައި ވެސް ސިއްހީ ދިރާސާތަކެއް ކުރަން ނިންމަވާފައިވާ ކަމަށެވެ.

"ފާއިތުވި މަސް ދުވަސްތެރޭ ފެނިފައި ހުރި، މިސާލަކަށް ވިޓަމިންސީ ޑިފެސިއެންސީ. ހުރިހާ މެޓަބޮލިކް ބަލިތަކަށް އެބަ ވިސްނަން ދިރާސާތަކެއް ފަށަން. ދިރާސައެއް ފަށަން މިހާރު ހުންނާނެ ދިރާސާ ކުރެވޭނެ ދެ ފޯމިއުލާއެއް ހަދާފައި. ދިރާސާ ކޮންޑަކްޓް ކުރެވޭނެ ގޮތްތައް ހުންނާނީ ލިޔެކިޔުމުން ތައްޔާރުކުރެވިފައި. އެތިކްސް ކޮމިޓީތަކުން ފާސްވީމަ ކުރިއަށްގެންދާނީ،" ޑރ. ވިޝާމް ވިދާޅުވިއެވެ.

ރާއްޖޭގައި މީހުން އެންމެ ބޮޑަށް ވިސްނަންވީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލު ގެނައުމަށް ކަމަށާއި މިހާރުގެ ކަންނެތް ދިރިއުޅުމުން ޒުވާން ޖީލުތަކުގެ ކުދިންނަށް އެކްޓިވް ލައިފްސްޓައިލެއް ގެންގުޅެން މަސައްކަތްކުރާ ނަމަ އަދި ގަޑިންގަޑިއަށް ކެއުމުގެ އާދަތައް ހިފަހައްޓާ ނަމަ ވަރަށް ރަނގަޅު އައުޓްކަމްތަކެއް ފެންނާނެ ކަމަށްވެސް ވިޝާމް ވިދާޅުވިއެވެ.

"އެކްޓިވް ލައިފްސްޓައިލް އެއްގައި އުޅެފައި އެ ޗާންސްވެސް ލިބޭނެ ކޮންމެވެސް ވަރަކަށް މިހާރު އެއެއްޗެހި މެނޭޖުކުރަން ފަށައިފި ކަމަށް ވަނީ ނަމަ ވަރަށް ފަސޭހަ ވާނެ ލައިފްސްޓްއިލް ސަސްޓޭން ކުރަން،" ޑރ. މުހައްމަދު ވިޝާމް ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް މި މައުލޫމާތުތައް ވީޑިއޯގެ ޒަރިއްޔާއިން ރައްޔިތުންނާ ހަމަޔަށް ގެންނަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ދޮރުވެސް ހުޅުވާލެވިފައިވާ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ހޯމޯންސް އެންޑް ޕްރިސާވިންގް ޔޫތް ފޮތުގެ މައުލޫމާތު ގެންނަން ބޭނުންވާ ފަރާތްތައް ޑރ. ވިޝާމް އާ ބައްދަލުކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ވިޝާމްއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު އާޓް ގެލެރީއަށް ހެނދުނު 9:00 އިން ހަވީރު 5:00 އާ ދެމެދު ދިއުމުން އެކަންކަން ހަމަޖެހޭނެ ކަމަށް ޑރ. ވިޝާމް ވިދާޅުވިއެވެ.

"އިންޓްރަސްޓް ހުންނެވި ބޭފުޅެއް ވަޑައިގެންނެވި ނަމަ ފުރިހަމަ އެސިސްޓަންސް ދޭނަން ޕަބްލިކަށް މެސެޖުދެނޭނެ ހުރިހާ މަގަކަށް ހުރިހާ ބޭފުޅުންނަކަށް އެއެހީތެރިކަންދޭނަން. ފޮތް ލިޔެފާ އިންނާނީވެސް އެގޮތަށް ސިންޕްލިފައިކޮށްފައި،" ޑރ. މުހައްމަދު ވިޝާމް ވިދާޅުވިއެވެ.

ޕަބްލިކް ހެލްތުގެ ޕްރޮފެސަރެއްގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. މާރިޔާ ފާހަގަކުރެއްވި ގޮތުގައި މަސައްކަތުގެ މަދު މަސްތަކެއްގެ ތެރޭގައި މޯލްޑިވްސް ނިއުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީގައި އަދި ދިވެހި ދަންނަން ޕޭޝަންޓުންނަކީ ވަރަށް ހޫނު ތަޖުރިބާއެއް ނަމަވެސް ލައިފްސްޓައިލް އެންޑް ވެއިޓްގެ ލެވެލް ދެނެގަނެވު ކަމަށެވެ.