އުރީދޫ މޯލްޑިވްސްގެ 5ޖީ ގެ ހިދުމަތް ބ. އޭދަފުއްޓަށް ތައާރަފްކޮށްފިއެވެ.
އުރީދޫ މޯލްޑިވްސްއިން މިއަދު ބުނީ، އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން 5ޖީގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 60 ޕަސަންޓަށް ލިބޭނެ ގޮތަށް ފުޅާކޮށްފައިވާ ކަމަށެވެ. އަދި 5ޖީ ހިދުމަތް އޭދަފުއްޓަށް ތައާރަފުކުރެވުމަކީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ، 5ޖީ ތައާރަފުކުރުމާ އެކު އޭދަފުށީގެ ރައްޔިތުންނަށް މިހާރު ކުރިއަށް ވުރެ ހަލުވި އިންޓަނެޓް ސްޕީޑާއި އަލްޓްރާ ލޯ ލެޓެންސީ އާއި އިތުބާރު ހިފޭ ކަނެކްޝަނެއް ތަޖުރިބާކުރެވި، ދިރިއުޅުމާއި މަސައްކަތާއި ކުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލު ތަކެއް އަންނާނެ ކަމަށެވެ.
އުރީދޫގެ 5ޖީ ނެޓްވޯކުން ގިނަ ފައިދާތަކެއް ލިބިގެންދާ އިރު، އޭގެ ތެރޭގައި މޮބައިލް ބްރޯޑްބޭންޑްގެ ހިދުމަތް އިތުރަށް ރަނގަޅުވުމާއި ހައި ޑެފިނިޝަން ކޮންޓެންޓް މެދުނުކެނޑި ސްޓްރީމްކުރުން ހިމެނެއެވެ.
އޭދަފުށީގައި 5ޖީ ތައާރަފްކުރުމަކީ ޑިޖިޓަލް އިންގިލާބުގެ ފައިދާ ކޮންމެ ރަށަކަށްވެސް ލިބޭނެ މަގު ފަހިކޮށްދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 5ޖީގެ ހިދުމަތް ފުޅާކުރުމަށް އުރީދޫއިން ރާވާފައިވާ ފުޅާ ޕްލޭންގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު