ޗެލްސީގެ އިންގްލެންޑް އެޓޭކިން މިޑްފީލްޑަރު ކޯލް ޕާމާގެ އެއްބަސްވުން، 2033 ވަނަ އަހަރާ ހަމައަށް އާކުރަން ނިންމައިފިއެވެ.
އުމުރުން 22 އަހަރުގެ ޕާމާއަށް މިދިޔަ ސީޒަން ވެފައި ވަނީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަނަށެވެ. މިދިޔަ ސީޒަނަށް ޗެލްސީއަށް ގޮސް ޕާމާ ވަނީ 25 ގޯލު ޖަހައިފައެވެ. އެއީ 45 މެޗުންނެވެ. އޭގެ އިތުރުން އޭނާ ވަނީ 15 އެސިސްޓްވެސް ފުރިހަމަކޮށްފައެވެ. ޕާމާ، މެންޗެސްޓާ ސިޓީން ޗެލްސީއަށް ބަދަލުވީ 42.5 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާވެފައި ވަނީ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި އެންމެ ތަފާތު ދެއްކި ކުޅުންތެރިޔާއަށެވެ.
ޕާމާ ޗެލްސީއަށް ފުރަތަމަ ސޮއިކުރީވެސް ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމާ އެކު މިދިޔަ ސީޒަނުގައި ދެއްކި ތަފާތުން ޗެލްސީން ވަނީ އޭނާގެ މުސާރަ ބޮޑުކޮށް، އެއްބަސްވުން އިތުރު ދެ އަހަރު ދުވަހަށް އާކޮށްފައެވެ. އެހެންކަމުން މިހާރު ޗެލްސީއާ އެކު ޕާމާ ހަދާފައި އެއްބަސްވުން ހަމަވާނީ 2033 ވަނަ އަހަރަށެވެ.
މިދިޔަ ޔޫރޯ 2024 ގައި އިންގްލެންޑް ސްކޮޑުގައިވެސް ހިމެނުނު ޕާމާ ވަނީ ފައިނަލް މެޗުގައި ސްޕެއިން ކޮޅަށްވެސް ގޯލު ޖަހައިފައެވެ. އެހެންނަމަވެސް އިންގްލެންޑް ނިންމާލީ ރަނަރަޕް ޓީމުގެ ގޮތުގައެވެ. އެއީ 2-1 އިން ބަލިވެގެންނެވެ.
އަންނަ ހަފުތާގައި އިއުލާނުކުރާ މިދިޔަ ސީޒަނުގެ ޕީއެފްއޭ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށްވެސް ޗެލްސީގެ ޕާމާ ވާދަކުރެއެވެ. ޗެލްސީގެ އާކޯޗު، އެންޒޯ މަރެސްކާގެ ޕްލޭނުގައިވެސް ޕާމާ މުހިއްމު ދައުރެއް އަދާކުރާނެއެވެ.
ޗެލްސީން ސީޒަނުގައި ކުޅޭ ފުރަތަމަ ވާދަވެރި މެޗުގައި ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ