މިމަހު 15 އަށް ހަމަވާގޮތަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ މުއްދަތު މިމަހުގެ 26 ވަނަދުވަހާއި ހަމައަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އައްސަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލިސް ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުގައި ވާގޮތުގެމަތިން މަޖިލީހުގެ މިދައުރުގައި އެންމެ ފަހު ދުވަހަކީ 15 އޯގަސްޓްވާ ބުރާސްފަތި ދުވަސް ކަމަށެވެ.
ނަމަވެސް މިވަގުތު މަޖިލީހުގައި ނިންމަންޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމުން މަޖިލިސް ގެ މިދައުރު މިމަހުގެ 26 ވަނަ ދުވަހަށް އިތުރު ކުރަން ގަސްތު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މަޖިލިސް ރައީސް ވިދާޅުވީ އެކަމާބެހޭ ގޮތުން ގޮތެއް ނިންމުމަށްޓަކައި މިއަދު ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށެވެ.
މަޖިލީހުގައި ނިންމަންޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރި ކަމަށް މަޖިލިސް ރައީސް ވިދާޅުވާ އިރު، އޭގެ ތެރެއިން އެންމެ މުހިއްމު މަސައްކަތަކީ، ރާއްޖޭގެ ވަޒީފާތަކަށް އެއް ގައުމަކުން އެންމެ ގިނައިން މީހުން ގެނެވޭނީ 100،000 ހަމައަށް ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތް ލިމިޓް އުވާލުމަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތް ނިންމުމެވެ.
މިއަދުގެ ނިޔަލަށް އެ މަސައްކަތް ނިންމަން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީން ވަނީ ކަނޑައަޅައިފައެވެ. އެހެންކަމުން މިމަހުގެ 26 ހާ ހަމައަށް އެބިލް މަޖިލީހުން ފާސްކުރާނެއެވެ. އޭގެ އިތުރުންވެސް ސަރުކާރަށް އާމްދަނީ ލިބޭނެ މުހިއްމު ބިލުތަކެއްގެ މަސައްކަތްވެސް މަޖިލީހުގެ ތަޅުމުގައި ކުރިއަށް އެބަ ދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު