ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެން އެޑިޝަންގެ ނަމުގައި ކޮންފަރެންސެއް ބޭއްވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޓް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ނިންމައިފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު ބާއްވާ އެ ކޮންފަރެންސަކީ ޖެން މޯލްޑިވްސް ބައި ޝަންގްރިއްލާއާ ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ވިމެން އިން މެނޭޖުމެންޓް (ވިމް) ވިމެން އޮން ބޯޑްސް (ޑަބްލިޔުއޯއީ) އަދި ވިމެން އެންޓްރަޕްރިނިއަސް އެސޭސިއޭޝަން - މޯލްޑިވްސް (ވީއީއޭއެމް) އިން ވަނީ އެ ކޮންފަރެންސް އެންޑޯޒްކޮށްފައެވެ.
މަޓާޓޯ އިން މިއަދު ބުނީ އެ ކޮންފަރެންސަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒާއި ޑެޕިއުޓީ މިނިސްޓަރު އައިޝަތު ޝިމާނީއާ ބައްދަލުކޮށް، ޓޫރިޒަމް އިންޑަސްޓްރީގައި އަންހެނުންގެ ބައިވެރިވުމާއި ލީޑާޝިޕް ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ބުންޏެވެ.
މަޓާޓޯ އިން ބުނީ ޓޫރިޒަމް ދާއިރާގެ ހުރިހާ ދާއިރާއަކުން ސިނާއަތުގެ އިސްވެރިންނާއި ޕޮލިސީ ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ އަންހެނުން، މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް ވިމެން އެޑިޝަންގައި ބައިވެރިވާނެ ކަމަށެވެ. އަދި އެ ކޮންފަރެންސްގައި ޕެނަލް ޑިސްކަޝަންތަކާއި ނެޓްވޯކިން ފުރުސަތުތައްވެސް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި