އެ މަނިކުފާނުގެ ހާރިޖީ ސިޔާސަތުން އެއްވެސް އިރަކު އިންޑިއާ ބާކީކޮށްފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރުންނާ އެ ކައުންސިލުގެ ތެރޭގައި ބައްދަލުކުރެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ބުނެފައިވާނީ ރާއްޖޭގެ މިނިވަން ކަމަށް އިހުތިރާމުކުރާ ކޮންމެ ގައުމަކާއެކު ގުޅުން ބާއްވާނެ ވާހަކަ ކަމަށާއި އެ މެނިފެސްޓޯ އިން އިންޑިއާ ބާކީކޮށްފައި ނުވާނެ ކަމަށެވެ.
އަދި އެ މަނިކުފާނުގެ ހާރިޖީ ސިޔާސަތު ބިނާކޮށްފައިވާނީ ރާއްޖޭގެ ހަމަޖެހުމާއި ތަރައްގީގެ މައްޗަށް ކަމަށާއި ދިވެހި ރައްޔިތުން އެ މަނިކުފާނަށް ވޯޓު ދެއްވީ އެ ސިޔާސަތު ބަލައިގަންނާތީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ސިޔާސަތާ ދެކޮޅަށް ހަމަނުޖެހުން އުފައްދަން ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.
"މި ސަރުކާރުގެ ސިޔާސަތުގައި އެއްވެސް އިރަކު އެއްކައިރިއަކަށް ޖެހިފައެއް ނުވޭ. ކުރިއަށް އޮތް ތަނުގައިވެސް ނުޖެހޭނެ. އިންޑިއާއާ އެކީގައި ހަމަ އެ ގާތް ގުޅުން ދެ ގައުމަށް ފައިދާވާ ކަންކަމުގައި އޮންނާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އޮތީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާ ގުޅިގެން ކަމަށާއި މަޝްވަރާގެ އުސޫލުގެ ތެރެއިން މަޝްވަރާ ކޮށްގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިހާރު އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު