ސިންގަޕޫރުން ލަންކާއަށް ދިރޭ މަސް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ސްރީލަންކާއަށް ނިސްބަތްވާ އެމީހާ ސިންގަޕޫރުން ލަންކާއަށް ގިނައަދަދެއްގެ ދިރޭ މަސް ހުއްދަނެތި އެތެރެކުރަން މަސައްކަތް ކޮށްފައި ވަނީ ވައިގެ މަގުންނެވެ.

ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަަނަލް އެއާޕޯޓުގެ ކަސްޓަމްސްގެ އޮފިޝަލުންނަށް ޝައްކުވެގެން ބެލިބެލުމުން ވަނީ އެމީހާ އޮޅުވާލައިގެން 365 ބާވަތެއްގެ ދިރޭ މަސް ލަންކާއަށް އެތެރެކުރަން މަސައްކަތް ކުރިކަން ފަޅާއަރައިފައެވެ.

ލަންކާގެ ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އެ ހުރިހާ މަހަކާއެކު އޭނާ ވަނީ، އެގައުމުގެ އެއާޕޯޓުގައި ހުންނަ ތަކެތި ޑިކްލަޔާ ކުރާ ޒޯނު ދޫކޮށް ގްރީން ޒޯނުން ނިކުތުމަށް މަސައްކަތް ކޮށްފައެވެ.

ކަސްޓަމްސް އިން ވަނީ އެމީހާގެ އަތުން މަހާއި ބޯވަދިލަމަހުގެ އިތުރުން ޝްރިމްޕާއި ވެލާވެސް ފެނިފައިވާކަމަށް ބުނެފައެވެ.