ރާއްޖެއާއި ގަތަރުގެ ޓީމުތައް ވާދަކުރާ ރޮކެޓް ލީގު މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްގެ ފުރަތަމަ މުބާރާތް މާދަމާ ފަށާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފިއެވެ.
އުރީދޫން މިއަދު ބުނީ އެ ހަރަކާތުގައި ތިން ކުޅުންތެރިންގެ ޓީމުތަކުގެ ވަރުގަދަ މެޗުތައް ހިމެނޭ އިރު، ހުނަރާއި ސްޓްރެޓެޖީ އަދި ޓީމްވޯކްގެ ވަރުގަދަ ކުޅުމެއް ފެނިގެންދާނެ ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ އެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 1،919 ޑޮލަރުގެ އިނާމެއް ވަނީ ހުށަހަޅައިފައި ކަމަށް އުރީދޫން ބުންޏެވެ.
އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހަފުތާ ބަންދުގައި ފަށާއިރު ޕްލޭއޮފް މެޗުތައް ނިމޭނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށް އުރީދޫން ބުންޏެވެ. އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް މެޗުތައް ލައިވްސްޓްރީމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުންޏެވެ.
އެ އިވެންޓަކީ އުރީދޫ ނޭޝަންގެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތް ކަމަށާއި އެ މުބާރާތަކީ އީސްޕޯޓްސް ކޮމިއުނިޓީއެއް ކުރިއަރުވައި، ގޭމް ކުޅޭ ފަރާތްތަކަށް ދުނިޔޭގެ މައިދާނުގައި ވާދަކުރެވޭނެ ޕްލެޓްފޯމެއް ފަހިކޮށްދިނުމުގެ އަޒުމުގައި ބާއްވާ އިވެންޓެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫގެ ފުރަތަމަ ބައިނަލްއަގުވާމީ އީސްޕޯޓްސް މުބާރާތުގެ ފޭސްއޮފް ރާއްޖެ އަދި ގަތަރުގެ ޓީމުތަކުގެ މެދުގައި ބޭއްވުމުން ފަހުރުވެރިވާ ކަމަށެވެ.
"މިއީ ކުރިއަރަމުން އަންނަ އީސްޕޯޓްސް ކޮމިއުނިޓީއަށް އެހީތެރިކަން ފޯރުކޮށްދީ، މި ކޮމިއުނިޓީ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިންގޭ ހަރަކާތެއް. އަދި ރާއްޖެއާއި ގަތަރާ ދެމެދު އޮތް އެކުވެރިކަމުގެ ވާދަވެރިކަމުގެ ރޫހާއި، ހިތްގައިމު ގޭމްޕްލޭއެއް ފެނިގެންދާނެ ކަމަށް އުއްމީދުކުރަން،" ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްގައި ބައިވެރިވާ ޓީމުތަކުގެ ހުނަރުވެރިކަމާއި ޑެޑިކޭޝަނަށް އެ މުބާރާތުގެ ތެރެއިން ފެނިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ މިއީ އުރީދޫން ގެނެސްދޭ ޑިޖިޓަލް އިނޮވޭޝަން އަދި ކަނެކްޓިވިޓީ ކުރިއެރުވުމަށް އެ ކުންފުނިން ކުރާ މަސައްކަތްތަކުގެ ހެއްކެއް ކަމަށެވެ. އެކި ސަރަހައްދުތަކުގެ ކުޅުންތެރިންނާއި ސަޕޯޓަރުން އެއްތަނަކަށް ގެނެސް، އުރީދޫން އަންނަނީ އީސްޕޯޓްސްގެ ދުނިޔޭގައި މުޖުތަމައުއާއި ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އުރީދޫން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު