މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބު ކުރި ދުވަހުން ފެށިގެން މިއަދާއި ހަމައަށް އޭނާ މަސައްކަތް ކޮށްފައިވާނީ އަދި ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނީވެސް ވަކި ފިކުރަކަށް ބެލުމެއް ނެތި ކަމަށް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލަށް އަލަށް ހޮވުނު މެންބަރުން ހުވާ ކުރުމަށް މީރުމާ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އޭނާ މިއަދުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރައްވާނީ މާލޭ ސިޓީގެ ރައްޔިތުންނަށް ލާބަޔާއި މަންފާއަށް ޓަކައި އިހުލާސްތެރި މަސައްކަތެއް ކޮށްދީ، މައްސަލަތަކަށް ހައްލެއް ގެނެވޭތޯ ކަމަށެވެ.
ވޭތުވެ ދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި، އޭނާއާއެކު މަސައްކަތް ކުރެއްވި، މާލޭ ސިޓީ ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުން އެކަމަށް ހެކިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
"ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ކުރާ އިހުލާސްތެރި އިލްތިމާސަކީ، މާލޭ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި، އަޅުގަނޑާއެކު ޓީމެއްގެ ގޮތުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް،" އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ވާހަކައިގައި ކައުންސިލަށް އަލަށް ހޮވިވަޑައިގެންނެވި މެންބަރުންވެސް މާލޭ ސިޓީގެ ކަންކަމުގެ ސިޔާސަތު ކަނޑައެޅުމުގައި އޭނާއަށް އެހީތެރިވެ، އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު