ނުތާހިރު ތަނެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރީ ކުރަމުންދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެކަމުގެ ރިޕޯޓު ލިބިފައިވަނީ "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން އެތަން ބަލައިފާސްކޮށް ގަވާއިދާހިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ވަނީ އެ ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ތަނުގެ ފޮޓޯތައް އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެތަނުގައި ސާފުތާހިރުކަން އެއްވެސް މިންވަރަކަށް ނެތެވެ. އެ ތަނުގައި ބޮޑު ތެއްޔަގައި ކައްކަމުން ދިޔަ އިރު، ޑެލިވަރީ ކުރުމަށް ތައްޔާރުކޮށްފައިވާ ކާބޯތަކެތި ކޮތަޅަކަށް އަޅައި ފުނިޖަހައިފައި ހުއްޓައި ފޮޓޯތަކުން ފެނެއެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ މި އޮޕަރޭޝަންގެ ފޮޓޯތަކުން ފެންނަ ގޮތުގައި ބިދޭސީން ކައްކަމުންދިޔަ ތަނުގައި އެއްވެސް ވަރެއްގެ ސާފުތާހިރު ކަމެއް ނެތެވެ. އަދި ކައްކަން ބޭނުން ކުރަމުންދިޔަ ސާމާނުތައް ވެސް ނުތާހިރުކޮށް ހުރި ތަން ފޮޓޯތަކުން ފެނެއެވެ.
މީގެ ކުރިން އިމިގްރޭޝަނުން ބުނެފައިވަނީ ފާއިތުވި އަށް މަހުގެ ތެރޭގައި ގަވާއިދާހިލާފަށް އުޅެމުންދިޔަ 2،013 ބިދޭސީއަކު ޑީޕޯޓް ކޮށްލައިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު