ދުނިޔޭ ތާރީހުގައި އެންމެ ވާދަވެރިކޮށް ފެނުނު 100 މީޓަރު ރޭސް ކާމިޔާބުކޮށް، އެމެރިކާގެ ނޯއާ ލައިލްސް އޮލިމްޕިކްސް ރަން މެޑަލް ހޯދައިފިއެވެ.
ޕެރިސް އޮލިމްޕިކްސް 2024 ގެ ފިރިހެން ދުވުމުގެ ފައިނަލް ހީޓްގައި ދުވި 8 އެތުލީޓުންވެސް އެންމެ ފަހު މިލި ސިކުންތާ ޖެހެންދެން ފެނުނީ ވަރަށް ވާދަވެރިކޮށެވެ. އެންމެ ފުރަތަމައަށް ނިންމި ލައިލްސްއާއި އެންމެފަހުން ނިންމި ދުވުންތެރިޔާއާ ދެމެދު ހުރި ވަގުތުގެ ތަފާތަކީ 0.12 ސިކުންތެވެ. ސްޓޭޓް ޑި ފްރާންސްގައި ލައިލްސް ރޭން ނިންމީ 9.79 ސިކުންތުންނެވެ. އެއީ އޭނާގެ ޕާސަނަލް ބެސްޓެވެ.
ރޭހުގެ ދެވަނައަށް ދިޔައީ ޖެމެއިކާގެ ކިޝާން ތޮމްސަންއެވެ. ރޭގެ ރޭހުގެ ބޮޑު ބައެެއްގައި ކުރީގައި އޮތީވެސް އަލަށް އޮލިމްޕިކްސްގައި ވާދަކުރަމުންދިޔަ ތޮމްސޮންއެވެ. އެހެން ނަމަވެސް ރޭހުގެ ފަހު ދެތިން ސިކުންތު ތެރޭގައި ލައިލްސް ވަނީ ދުވެލި ބާރުކޮށްލައި، އޭނާގެ ކެރިއަރުގައި އެންމެ އަވަސް ޓައިމިންގައި ރޭސް ނިންމާފައެވެ. ތޮމްސަން ރޭސް ނިންމީ ލައިލްސްއަށްވުރެ 0.005 ސިކުންތު ލަހުންނެވެ.
ރޭގެ ރޭސް ނިމުމާއެކު އެންމެންވެސް ޖެހުނީ އޮޓޮމެޓިކް ސިސްޓަމް މެދުވެރިކޮށް ނަތީޖާ އިއުލާނު ކުރަންދެން އިންތިޒާރުކުރާށެވެ. އެއީ ރޭހުގައި ވާދަވެރިކަން ބޮޑުވުމުންނެވެ. ދިހަ ވަރަކަށް ސިކުންތުގެ އިންތިޒާރަށްފަހު ނަތީޖާ އިއުލާނުކުރުމުން ލައިލްސް ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
މިފަހަރު 100 މީޓަރު ދުވުމުގެ ތިންވަނަ ހޯދައި ބްރޯންޒް މެޑަލް ހޯދީ އެމެރިކާގެ ފްރެޑް ކާލޭއެވެ. އޭނާގެ ޓައިމިންއަކީ 9.81 ކެވެ.
ލައިލްސްއަށް އަދި މި އޮލިމްޕިކްސްގެ 200 މީޓަރު ދުވުމުގެ ހީޓް އެބައޮތެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް