ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ބީޗްވޮލީ މުބާރާތަށް ރާއްޖޭގެ ޓީމުތައް ރޭ ބޫޓާނަށް ފުރައިފިއެވެ.
އޮގަސްޓް އެއްވަނަ ދުވަހު ކާވާގެ ބީޗްވޮލީ މުބާރާތް ބޫޓާންގައި ފަށަން ތައްޔާރުވެފައިވާއިރު، ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ޓީމުގެ ޕެއާތަށް މުބާރާތުގައި ވާދަކުރާނެއެވެ. އެގޮތުން މީގެ ކުރިން ކާވާ މުބާރާތުން ރާއްޖެއަށް ރަން މެޑަލް ގެނެސްދިން ޕެއާ ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދި އާދަމް ނަސީމް (އެޑަމާ) ޕެއާ މިފަހަރުވެސް ވާދަކުރާނެއެވެ.
އޭގެ އިތުރުން ދެން ވާދަކުރާ ފިރިހެން ޕެއާއަކީ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާއެވެ. އެންމެފަހުން އޮތް މުބާރާތުގައި ޑެންޒޯގެ ޕާޓްނަރަކަށް ވާދަކުރަނީ ޝަމާއިލް ހުސެއިނެވެ. މިފަހަރު ޝަމާއިލްއަށް ޓީމުން ފުރުސަތު ދީފައެއް ނުވެއެވެ. އޭނާއަށް ޕްރެކްޓިސްއަށް ނޭނގި މައްސަލަ ވަނީ ފެންމަތިވެފައެވެ.
މުބާރާތުގައި ރާއްޖޭގެ އަންހެން ދެ ޕެއާވެސް ވާދަކުރާނެއެވެ. އެއީ އަންހެން އެއް ނަމްބަރު ޕެއާ، ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ (މާޖީ)ގެ އިތުރުން އާމިނަތު އަރީޝާއާއި ފާތިމަތު ޒީނިއާގެ ޕެއާއެވެ.
ރާއްޖޭގެ އިތުރުން މިފަހަރުގެ ކާވާ މުބާރާތުގައި ވާދަކުރާނީ ބޫޓާން, ނޭޕާލް, އިރާން, އިންޑިއާ އަދި ސްރީ ލަންކާއެވެ.
ބީޗް ވޮލީ
ބީޗް ވޮލީ
ބީޗް ވޮލީ
ބީޗް ވޮލީ