ހަތް އަހަރު ފަހުން މެލޭޝިއާގެ ގައުމީ އެއާލައިން، މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު މީޑިއާތަކަށް ބުނީ މެލޭޝިއާ އެއާލައިންސް އިން ފަށާ ދަތުރުތަކުގެ ފުރަތަމަ ފުލައިޓް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށް (ވީއައިއޭއަށް) ޖެއްސުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
އެ އެއާލައިނުން ހަފުތާގެ ހަތް ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރާނީ ބޮއިން 737- 800 މަކުރާގެ 174 ސީޓުގެ ފުލައިޓް ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން އިތުރަށް ބުނީ މެލޭޝިއާގެ ކުލަލަމްޕޫރުން ވީއައިއޭއަށް ދަތުރުކުރާ ފުރަތަމަ ފުލައިޓަށް މަރުހަބާ ކިޔުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީ، އެމްއޭސީއެލް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އަދި މެލޭޝިއާ އެއާލައިންސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މެލޭޝިއާ އެއާލައިނުން ރާއްޖެއަށް އެންމެ ފަހުން ދަތުކުރީ 2017 ވަނަ އަހަރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު