ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހަތްވަނަ އިންޓަ ސްކޫލް ކިޑްސް ސްވިމިން ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ހުޅުމާލެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ ޕޫލުގައި މިދިޔަ އަންގާރަ ދުވަހު ފެށި ފެސްޓިވަލް ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގޮސްފައިވެއެވެ. މިފަހަރުގެ ފެސްޓިވަލްގައި ޖުމުލަ 23 ސްކޫލަކުން 485 ކުދިން ވާދަކޮށްފައިވާ އިރު، ކުދިން ވާދަކޮށްފައިވަނީ ތިން ކެޓަގަރީއަކުންނެވެ. އެއީ ކިޑްސް އޭ ކެޓަގަރީއާއި ބީ އަދި ސީ ކެޓަގަރީންނެވެ.
އޭ ކެޓަގަރީއަކީ ފަސް އަހަރާއި ހަ އަހަރުގެ ކުދިންނަށް ހާއްސަ ކެޓަގަރީއެވެ. ބީ ކެޓަގަރީގައި ހަތް އަހަރާއި އަށް އަހަރުގެ ކުދިން ވާދަކޮށްފައިވާ އިރު، ނުވަ އަހަރާއި 10 އަހަރާ ދެމެދުގެ ކުދިން ވާދަކުރީ ސީ ކެޓަގަރީގައެވެ.
ކިޑްސް އޭ ކެޓަގަރީގެ އަންހެން ޑިވިޝަންގެ އެއްވަނަ ބްރައިޓް ވޭ އިންޓަނޭޝަނަލް ސްކޫލާއި ޖަމާލުއްދީން ސްކޫލުން ހޯދި އިރު، ދެވަނައަކީ އިސްކަންދަރު ސްކޫލެވެ. ތިންވަނައަކީ ކެންގަރޫ ކިޑްސްއެވެ. ފިރިހެން އެއްވަނަ ސްކޫލަކަށް ގިޔާސުއްދީން ހޮވުނު އިރު، އެ އުމުރުފުރާގެ ފިރިހެން ދެވަނަ ޓީމަކީ ދަރުމަވަންތަ ސްކޫލެވެ. ތިންވަނަ ޓީމަކީ ބިލަބޯންގް ހައި އިންޓަނޭޝަނަލް ސްކޫލެވެ.
ކިޑްސް ބީގެ އުމުރުފުރާއިން އެއްވަނަ އަންހެން އަދި ފިރިހެން ޓީމަކީވެސް ގިޔާސުއްދީން ސްކޫލެވެ. އަންހެން ދެވަނަ މަގާމު ސަލާހުއްދީން ސްކޫލުން ހޯދި އިރު، ފިރިހެން ދެވަނަ ޓީމަކީ އިސްކަންދަރު ސްކޫލެވެ. އަދި ފިރިހެން ތިންވަނަ ސްކޫލަކީ ހުރަވީ ސްކޫލެވެ. އަންހެން ޑިވިޝަންގެ ތިންވަނަ ހޯދީ އިއްޒުއްދީން ސްކޫލެވެ.
ކިޑްސް އޭޖް ގްރޫޕް ސީގެ އަންހެން އެއްވަނަ ސްކޫލަކީވެސް ގިޔާސުއްދީން ސްކޫލެވެ. އަންހެން ދެވަނަ ގިޔާސުއްދީން ހޯދި އިރު، އަންހެން ތިންވަނަ ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. ފިރިހެން އެއްވަނަ ބްރައިޓްވޭ އިން ހޯދި އިރު، ދެވަނަ އަކީ ގިޔާސުއްދީނެވެ، ތިންވަނައަކީ ހުޅުމާލޭ ރެހެންދި ސްކޫލެވެ.
އިންޓަ ސްކޫލް ފެތުމުގެ އިވެންޓަކީ ޒުވާން ފެތުންތެރިން އުފައްދަން މަގުފަހިވެގެންދާ ހާއްސަ އިވެންޓެކެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަ އިވެންޓުގެ ތެރެއިން ފެތުމުގެ އެކަޑެމީތަކަށްވެސް ކުދިން ރެކްރޫޓްކުރާ އިރު، ފެތުމަކީ ރާއްޖޭގައި އެންމެ ގިނަ ޒުވާން އެތުލީޓުން ފެންނަމުންދާ އެއް ކުޅިވަރެވެ. މިހާރުވެސް ވަރަށް ޒުވާން އެތުލީޓުން އަންނަނީ ގައުމީ ރެކޯޑުތައް ހަދަމުންނެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން