ކުޑަ ގިރީގައި މިދިޔަ ހަފުތާ ބަންދުގައި ކުރިއަށް ދިޔަ ގައުމީ އޯޕަން ވޯޓާ ފެތުމުގެ މުބާރާތުގެ ފަސް ކިލޯމީޓަރު ކެޓަގަރީގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް ހޯދި އިރު، އަންހެން ބައިގެ ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފިއެވެ.
ސަތާރަ ވަނަ ނެޝަނަލް އޯޕަން ވޯޓާ މުބާރާތުގައި މިފަހަރު ފަސް ކިލޯމީޓަރު ބައިގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހޯދި އިރު، އެ ކެޓަގަރީގެ ދެވަނައަށް ދިޔައީ ޔޫސުފް ޒިޔާން ޒާހިދެވެ. ތިންވަނަ ހޯދީ އަހުމަދު މަންހަލް އާޒިމެވެ. އަންހެން ޑިވިޝަންގެ ފަސް ކިލޯމީޓަރުގެ ދެވަަނަ ހޯދީ ލައިބާ ހަސަން މަނިކެވެ.
މިފަހަރު އިވެންޓްގައި އިތުރު ކެޓަގަރީތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ތިން ކިލޯމީޓަރު ޖޫނިއާ ކެޓަގަރީގެ ފިރިހެން ޗެމްޕިއަންކަން ހޯދީ އިބްރާހީމް ޔުއާން ޝަމީމެވެ. އަދި އެ ކެޓަގަރީގެ ފިރިހެން ރަނަރަޕަކީ މީކާއީލް ލައެލް އަބްދުލް އަލީމެވެ. ތިންވަނަ ހޯދީ އިސްމާއީލް ޒިވަން މުހައްމަދެވެ. އަންހެން ތިން ކިލޯމީޓަރު ޖޫނިއާ ޗެމްޕިއަނަކީ މަރިޔަމް އައިރާ ޝިރްނީލެވެ. ދެވަނައަކީ އައިމިނަތު ޝިޔުން ޝިހާމެވެ. ތިންވަނަ ހޯދީ އައިޝަތު ޒޯހާ އަބްދުﷲ ނަސީމެވެ.
ސްވިން ޗެލެންޖް މާސްޓާސްގެ ތިން ކިލޯމީޓަރު ރޭހުގެ ޗެމްޕިއަންކަން މުހައްމަދު އާމިރު ހޯދި އިރު، އެ ކެޓަގަރީގެ ދެވަނައަކީ އަހުމަދު އާތިފެވެ. ތިންވަނައަކީ ހުސައިން ޝަމީމެވެ.
އެއް ކިލޯމީޓަރު ސްވިން ޗެލެންޖް އޯޕަން ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން މުހައްމަދު މިންއާމް އަބްދުލް މުހައިމިން ހޯދި އިރު، އެ ކެޓަގަރީގެ ދެވަނައަކީ ހޫދު މަމްދޫހެވެ. އަދި ތިންވަނައަކީ މުހައްމަދު އަޒާން އިސްމައިލެވެ. އަންހެން އެއް ކިލޯމީޓަރު ސްވިމިން ޗެލެންޖްގެ އޯޕަން ޗެމްޕިއަނަކީ ހައްވާ އައިން ހަސަން ފަޔާޒެވެ. އަދި ދެވަނައަކީ މަރިޔަމް ކިންޒާ އަހުމަދެވެ. ތިންވަނަ ހޯދީ އައިޝަތު އައިޝްކާ ސަމީރެވެ.
މިފަހަރު އިވެންޓްގައި ކުރިއަށްދިޔަ ހަތަރު ކިލޯމީޓަރު މިކްސް ރިލޭގެ ޗެމްޕިއަންކަން މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަންގެ ޓައިޑް ބްރޭކާސް ހޯދި އިރު، ދެވަނައަކީ ކްލަބު ބޮޑުރިޔާގެ ޓީމް އޭއެވެ. ތިންވަނައަކީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަންގެ ބޯވަ ސްކޮޑެވެ.
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ކޮމެންޓް