ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހަތްވަނަ އިންޓަ ސްކޫލް ކިޑްސް ސްވިމިން ފެސްޓިވަލް ފަށައިފިއެވެ.
ހުޅުމާލެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ ޕޫލުގައި މިދިޔަ އަންގާރަ ދުވަހު ފެށި ފެސްޓިވަލް ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ފަހަރުގެ ފެސްޓިވަލްގައި ޖުމުލަ 23 ސްކޫލަކުން 485 ކުދިން ވާދަކުރަމުންދާ އިރު، ކުދިން ވާދަކުރަމުންދަނީ ތިން ކެޓަގަރީއަކުންނެވެ. އެއީ ކިޑްސް އޭ ކެޓަގަރީއާއި ބީ އަދި ސީ ކެޓަގަރީންނެވެ.
އޭ ކެޓަގަރީއަކީ ފަސް އަހަރާއި ހަ އަހަރުގެ ކުދިންނަށް ހާއްސަ ކެޓަގަރީއެވެ. ބީ ކެޓަގަރީގައި ހަތް އަހަރާއި އަށް އަހަރުގެ ކުދިން ވާދަކުރަމުންދާ އިރު، ނުވަ އަހަރާއި 10 އަހަރާ ދެމެދުގެ ކުދިން ވާދަކުރަމުންދަނީ ސީ ކެޓަގަރީގައެވެ.
އިންޓަ ސްކޫލް ފެތުމުގެ އިވެންޓަކީ ޒުވާން ފެތުންތެރިން އުފައްދަން މަގުފަހިވެގެންދާ ހާއްސަ އިވެންޓެކެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަ އިވެންޓްގެ ތެރެއިން ފެތުމުގެ އެކަޑެމީތަކަށްވެސް ކުދިން ރެކްރޫޓްކުރާ އިރު، ފެތުމަކީ ރާއްޖޭގައި އެންމެ ގިނަ ޒުވާން އެތުލީޓުން ފެންނަމުންދާ އެއް ކުޅިވަރެވެ. މިހާރުވެސް ވަރަށް ޒުވާން އެތުލީޓުން ގައުމީ ރެކޯޑުތައް ދަނީ ހަދަމުންނެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން