ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ބަޖެޓް އެއާލައިނެއް ކަމަށްވާ އެއާ އަރަބިއާގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފިއެވެ.
އެއާ އަރަބިއާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޝާރްޖާ އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އެ އެއާލައިންގެ ޑައިރެކްޓް ދަތުރުތައް ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.
އަދި އެ އެއާލައިންގެ ދަތުރުތައް ކޮންމެ ދުވަހަކު ބާއްވަން ނިންމާފައިވާއިރު، އެ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 އަދި އޭ321 މަރުކާގެ މަތިންދާބޯޓުތަކެއް ކަމަށްވެސް އެ އެއާލައިނުން ބުންޏެވެ.
އެއާ އަރަބިއާއަކީ މެދު އިރުމައްޗާއި އުތުރު އެފްރިކާގެ ފުރަތަމަ އަދި އެންމެ ބޮޑު ބަޖެޓް އެއާލައިނެވެ.
ޚަބަރު
ޚަބަރު
ޚަބަރު