މާލޭގައި މީހެއްގެ އަތުން ފޭރުނު މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ހައްޔަރު/ބަންދުގެ ރެކޯޑް އޮންނަ މީހެކެވެ.

އެ އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާގެ މައްޗަށް ހެއްކާއި ގަރީނާ ހުރުމުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޭނާ ދިހަ ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

އޭނާގެ ކޯޓު އަމުރުން އެނގޭ ގޮތުގައި، ފުލުހުން ވަނީ އޭނާ ފޭރުނު މަންޒަރު ފެންނަ ސީސީޓީވީ ކެމެރާގެ ސްނެޕްޝޮޓް ރިޕޯޓްވެސް ހުށަހަޅައިފައެވެ.