ބޮލީވުޑްގެ ތަރި، ޖާންވީ ކަޕޫރް ކާނާ ވިހަވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ. ޖާންވީ އެޑްމިޓްކޮށްގައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
އާއިލާއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި، ޖާންވީ އެޑްމިޓްކޮށްފައިވަނީ މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގައެވެ.
ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖާންވީ ޗެންނާއީން މުމްބާއީއަށް ދިޔައީ މިދިޔަ އަންގާރަ ދުވަހުއެވެ. ތޮބީއަތު ރަނގަޅު ނޫންކަމަށްވާތީ، ބުދަ ދުވަހު ހުރިހާ އެޕޮއިންޓްމެންޓްތައް ކެންސަލްކޮށް، ގޭގައި އަރާމުކުރި ކަމަށާއި އެހެންނަމަވެސް ބުރާސްފަތި ދުވަހު އިތުރަށް ގޯސްވުމުން ހޮސްޕިޓަލަށް ގެންދިޔައީއެވެ.
ޖާންވީ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބެލެވިފައިވަނީ މި ހަފުތާގެ ފަހުކޮޅުކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން