ޓެލެވިޒަން ޕްރޮޑިއުސަރު އެކްތާ ކަޕޫރު 'ކިޔުންކީ ސާސް ބީ ކަބީ ބަހޫ ތީ 2' އަށް އަލްވަދާއު ކިޔައިފި ކަމަށް ބުނެފިއެވެ. 'ކިޔުންކީ ސާސް ބީ ކަބީ ބަހޫ ތީ' ގެ ސީކުއެލްއެއްގެ ގޮތުގައި ގެނެސްދިން މި ޑްރާމާ ސިލްސިލާގެ ފަހު އެޕިސޯޑު ދައްކާފައިވަނީ އަންގާރަ ދުވަހުއެވެ. ޖުމްލަ 450 އެޕިސޯޑަށް ފަހު މި ޝޯ ނިންމާލާފައިވަނީ ވިރާނީ އާއިލާއިން ދިވާލީ ފާހަގަކުރާ މަންޒަރުތަކަކާ އެކުގައެވެ. ކި ޕްރޮގްރާމަށް އަލްވަދާއު ކީކަން އެކްތާ ހާމަކޮށްފައިވަނީ އިންސްޓަގްރާމް ޕޯސްޓެއްގައެވެ.
މި ޝޯގެ ފުރަތަމަ ސީޒަނާއި ދެވަނަ ސީޒަންގެ އެކި މަންޒަރުތައް ހިމެނޭ ވީޑިއޯއަކާ އެކު ހިއްސާކުރި އެ ޕޯސްޓުގައި، ބައެއް އަލްވަދާއުތަކަކީ އުނދަގޫ ކަންކަން ނަމަވެސް އޭނާގެ ހިތުގައި އެ ޝޯއަށް އަބަދުވެސް ލޯބި އޮންނާނެ ކަމަށް އެކްތާ ލިޔެފައިވެއެވެ. އޭނާ ބިނާކޮށްދީ، އޭނާގެ ދިރިއުޅުމާއި ކެރިއަރު ބައްޓަންކޮށްދިނީ މި ޝޯ ކަމަށް ވެސް އެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ފުރަތަމަ ރޭވިފައި އޮތީ 167 އެޕިސޯޑު އުފައްދަން ނަމަވެސް، ޝޯ ނިންމާލަން މި ޖެހުނީ 450 އެޕިސޯޑު ގެނެސްދިނުމަށް ފަހުގައި ކަމަށާއި، އަލުން ބައްދަލުވާންދެން މި ޝޯއަށް އަބަދުވެސް ލޯބި އޮންނާނެ ކަމަށް އެކްތާ ފާހަގަކޮށްފައިވެއެވެ.
ޝޯ ނިމުމާ ގުޅިގެން އެކްޓަރު އަދި ސިޔާސީ ފަރާތެއް ކަމަށްވާ ސްމްރިތީ އީރާނީ އިންސްޓަގްރާމްގައި ލިޔުނު ވަކި ޕޯސްޓެއްގައި، 'ކިޔޫންކީ ސާސް ބީ ކަބީ ބަހޫ ތީ 2' ގައި މަސައްކަތްކުރުމުގެ ތަޖުރިބާއަކީ ތަފާތު ޝުއޫރުތަކެއް އެކުލެވިގެންވި ދަތުރެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އަދި އެ ޝޫޓިންގެ ތެރެއިން ހަނދާންތަކެއް އުފެދި، ކުރީގެ ވާހަކަތައް އަލުން އާވެ، ދިރިއުޅުމުގެ ދަންނަ އަދި އާ ރަހަތައް ތަޖުރިބާކުރެވުނު ދަތުރެއްގައި އާ ބާބުތަކެއް އެކުލަވައިލެވުނު ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ލިޔެފައިވެއެވެ.
މީގެ އިތުރުން، އެކްތާގެ ޕޯސްޓަށް ކުރި ކޮމެންޓެއްގައި، މިއީ 26 އަހަރުގެ ދަތުރެއް އަދި އިހުސާސެއް ކަމަށާއި، ލިބުނު ލޯތްބަށް ޝުކުރުވެރިވަމުން އަލުން ބައްދަލުވަންދެން އަލްވަދާއު ކިޔާ ކަމަށް ސްމްރިތީ ލިޔެފައިވެއެވެ.
ޓީވީ ޝޯ
ޓީވީ ޝޯ
ޓީވީ ޝޯ
ޓީވީ ޝޯ
ކޮމެންޓް