ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމިތާބް ބައްޗަން އަރާމުކުރުމަށް ކުރު ބްރޭކެއް ނަގައި، ސޯޝަލް މީޑިއާގައި އެއްޗެއް ނުލިޔެވޭތީ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިއްޖެއެވެ.
އުމުރުން 84 އަހަރުގެ ބައްޗަންގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނި ގޮތުގައި، ދުވަސްކޮޅަކަށް އަރާމުކޮށް ސިއްހަތު ރަނގަޅުކުރުމަށް އޭނާއަށް ވަނީ ލަފާދީފައެވެ. މީގެ ކުރިން އަންގާރަ ދުވަހު އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުނު މެސެޖެއްގައި ދަސެރާގެ ތަހުނިޔާ ފޮނުވަމުން ބައްޗަން ބަޔާންކޮށްފައިވަނީ، ވަރަށް ބޮޑަށް އަރާމުކުރުމަށާއި މުއާމަލާތްކުރުން މަދުކުރުމަށް އޭނާއަށް ހަރުކަށި އިރުޝާދު ދީފައިވާ ކަމަށެވެ.
މި އޮކްޓޯބަރު މަހުގެ ކުރީކޮޅު “ކޯން ބަނޭގާ ކްރޯޑްޕަތީ 18” ޝޫޓިންގެ ތެރެއިން ކައްސާލައިގެން ވެއްޓި ވާތު ކަކުލަށް އަނިޔާވުމުން ޝޫޓިންއަށް ބަދަލުތަކެއް ގެނައި ކަމަށް ބައްޗަން ބުނެފައިވެއެވެ. އަދި މިދިޔަ ޖުލައި މަހު އޭނާ ލިޔުނު ބްލޮގެއްގައި އޮޕަރޭޝަނާއި އައިސީޔޫގެ އިތުރުން ހޮސްޕިޓަލުން ދޫކޮށްލުމަށް ފަހު ދިމާވާ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކާފައިވެއެވެ.
މީގެ އިތުރުން މިދިޔަ މޭ މަހު އޭނާ ހޮސްޕިޓަލުގައި އެނދުމަތިކުރި ކަމަށް ފެތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާއި، އޭރު ނާނާވަތީ ހޮސްޕިޓަލަށް ދިޔައީ އާންމު ޗެކަޕަކަށް ކަމަށް އީޓައިމްސްއިން ރިޕޯޓުކޮށްފައިވެއެވެ.
ބައްޗަންގެ އެންމެ ފަހުގެ މެސެޖާ ގުޅިގެން އޭނާގެ ކަކުލަށް ލިބުނު އަނިޔާއަށް ސަޕޯޓަރުންގެ މެދުގައި ވަނީ ބަހުސް އުފެދިފައެވެ. އެކްސްގައި ހިޔާލު ފާޅުކުރި ސަޕޯޓަރުން ވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި، ސިއްހަތަށް އިސްކަންދިނުމަށާއި ރަނގަޅަށް އަރާމުކުރުމަށް އެދިފައެވެ. ނަމަވެސް މިފަހަރު އަރާމުކުރުމަށް ޑޮކްޓަރުން ލަފާދިން ސިއްހީ ސަބަބެއް އަދި އާންމުކޮށް ލިޔާ މެސެޖުތައް އަލުން ފަށާނެ ތާރީހެއް ބައްޗަން ހާމަކޮށްފައެއް ނުވެއެވެ.
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އަމީތާބް ބަޗަން
ކޮމެންޓް