ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު، މުއުމިނާ ހުސައިންފުޅު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒުގެ އެކްސް ޕޯސްޓެއްގައި މިއަދު ރައީސް ސޯހިލުގެ އާއިލާޔަށް ތައުޒިޔާ ދަންނަވައި ވިދާޅުވީ، ސޯލިހުގެ ލޮބުވެތި މަންމާފުޅު މުއުމިނާ ހުސައިން ފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، އެ މަނިކުފާނުގެ އާއިލާއަށް ހިތުގެ އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވާ ކަމަށެވެ.
"މާތްﷲގެ ތަނަވަސްވެގެންވާ ރަހްމަތާއި ރުހިވޮޑިގަތުމާއި މަގްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމާ މުއުމިނާ ހުސައިންފުޅު ލަހައްޓަވާށިއެވެ. އާމީން" ރައީސްގެ ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ މަންމާފުޅަށް ލިބިވަޑައިގަތީ 6 ބޭފުޅުންނެވެ. އެއީ މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު އާއި ރައީސުލްޖުމްހޫރިއްޔާގެ ޕާސަނަލް ސެކްރެޓެރީކަން ގިނަ އަހަރުތަކަށް އަދާކުރެއްވި ފާތިމަތު މުހައްމަދު ސޯލިހުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ (ލޯފަން) ދެ ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު