ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ 118 ބިދޭސީއެއް އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ އެ މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް އެ މުއައްސަސާ އިން ހިންގި އޮޕަރޭޝަންގައި 42 ތަނެއް ރެއިޑްކޮށްގެން ކަމަށެވެ.

  • 6 މާރުކޭޓް
  • 7 ރީޓެއިލް ފިހާރަ
  • 17 ޓޭކްއަވޭ ތަންތަން
  • 3 ސްޕާ
  • 5 ރެސްޓޯރެންޓް
  • 1 ކެފޭ
  • 3 މޯބައިލް ފިހާރަ

ޑެޕިއުޓީ ޗީޕް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ އެ ރެއިޑްތަކުގައި އަތުލައިގެން މީހުން ޑީޕޯޓް ކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މީހުންގެ އިތުރުން ސައްހަ ނޫން ލިޔެކިޔުން ބޭނުންކޮށްގެން 1،664 ބިދޭސިން ރާއްޖެ އެތެރެވާން އުޅެނިކޮށް ހުއްޓުވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވާން އުޅުނު 85 ގައުމެއްގެ 1،289 މީހުން ހިމެނޭއިރު ސައްހަ ނޫން ވޯކް ޕާމިޓް ނުވަތަ ވޯކް ވިސާގައި ރާއްޖެ އެތެރެވާން އުޅުނު 22 ގައުމެއްގެ 341 މީހަކާއި ނަކަލުކޮށްފައިވާ ލިޔެކިޔުން ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު 33 މީހުން އަދި ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު އެކަކު ހިފަހައްޓާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

  • ބަންގްލަދޭޝްގެ 356 މީހުން
  • ސްރީ ލަންކާގެ 195 މީހުން
  • އިންޑިއާގެ 162 މީހުން
  • ނައިޖީރިއާގެ 42 މީހުން
  • ވިއެޓުނާމުގެ 35 މީހުން
  • އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 499 މީހުން
  • ބަންގްލަދޭޝްގެ 205 މީހުން
  • އިންޑިއާގެ 38 މީހުން
  • ސްރީލަންކާގެ 31 މީހުން
  • އިންޑޮނޭޝިއާގެ 8 މީހުން
  • ނައިޖީރިއާގެ 6 މީހުން
  • އެހެނިހެން ގައުމުތަކުގެ 54 މީހުން